އެމްބަސީތަކަށް މަހަކު 32 މިލިއަން، ސިޔާސީ މުވައްޒަފުން އެންމެ ގިނައީ މެލޭޝިއާގައި
ސަން
12 އޮކްޓޯބަރު 2025 | އާދިއްތަ | 11:13
އެމްބަސީތަކަށް މަހަކު އެވްރެޖުކޮށް 32 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، ސިޔާސީ މުވައްޒަފުން އެންމެ ގިނައީ މެލޭޝިއާގައި ހުންނަ އެމްބަސީގައި ކަން ފޮރިން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ސަން"އިން ވަނީ މި ސަރުކާރު ހަވާލުވިފަހުން އެމްބަސީތަކަށް ކުރި ހޭދައާއި، އެ ތަންތަނުގައި މަަސައްކަތްކުރާ މުވައްޒަފުންނާއި، ސިިޔާސީ މުވައްޒަފުންގެ ތަފްސީލާއި، އެ މީހުންނަށް މަހަކު ކުރާ ޚަރަދާއި. މުޅި ޖުމްލަ މިހާތަނަށް ކުރި ޚަރަދު ހޯދަން އެދިފައެވެ.
ނަމަވެސް އެ މިނިސްޓްރީން ދީފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު އެކަކުން، މި އަހަރުގެ ޖެނުއަރީ 31ގެ ނިޔަލަށް ހިނގި ޚަރަދެވެ. އަދި އެހާތަނަށް ތިބި މުވައްޒަފުންގެ ތަފްސީލެވެ.