ޖަޕާނުން ދޭ ޖޭޑީއެސް ސްކޮލާޝިޕާ ބެހޭ މައުލޫމާތު ސެޝަން މި މަހު 16 އާއި 19 ގައި

ސަން

12 އޮކްޓޯބަރު 2025 | އާދިއްތަ | 11:57

ދިވެހި ސަރުކާރުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޖަޕާނުން ހިންގާ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް ޕްރޮގްރާމް (ޖޭޑީއެސް)ގައި ބައިވެރިވުމަށް ބޭނުންވާ މައުލޫމާތު ދިނުމުގެ ސެޝަންތައް މި މަހު 16 އަދި 19 ވަނަ ދުވަހު ކުރިއަށްގެންދަން ނިންމައިފިއެވެ.

ރާއްޖޭގައި ހުންނަ ޖަޕާނު ސަރުކާރުގެ ޕްރޮޖެކްޓް އޮފީހުން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނީ، މި ސްކޮލަޝިޕް ޕްރޮގްރާމާ ބެހޭ މައުލޫމާތު ސެޝަންތައް މި މަހު 16 އަދި 19 ވަނަ ދުވަހު ބާއްވާނެ ކަމަށެވެ. މި ސެޝަން އޮންނާނީ:

މި ސެޝަންތަކުގައި ބައިވެރިންނަށް ޖޭޑީއެސް ޕްރޮގްރާމްގެ ފުރިހަމަ އޯވަވިއުއެއް ލިބޭއިރު، އޭގެ ތެރޭގައި މި ސްކޮލާޝިޕަށް ޝަރުތު ހަމަވުމަށް ކަނޑައަޅާފައިވާ މިންގަނޑާއި، ކިޔެވުމުގެ ދާއިރާތަކާއި، އެޕްލިކޭޝަން މަރުހަލާ ހިމެނޭނެއެވެ. އަދި، މި ސެޝަންތަކުގައި ކުރީގެ ދަރިވަރުން މައުލޫމާތު ދިނުމަށް ހަަމަޖެހިފައިވާ ކަމަށް ޖޭޑީއެސްގެ އިދާރާއިން ބުނެފައިވެއެވެ. އެގޮތުން، ޖަޕާނުގައި ކިޔެވުމުގެ ތަޖުރިބާއާއި ރާއްޖެއަށް އެނބުރި އައުމަށް ފަހު މަސައްކަތުގެ ދާއިރާއިން ލިބުނު ކުރިއެރުމާ ބެހޭގޮތުން އެ ދަރިވަރުން މި ސެޝަންތަކުގައި ވާހަކަދެއްކުމަށް ހަމަޖެހިފައިވެއެވެ.

މައުޟޫޢުތަށް