މާލޭގައި 2 މާރާމާރީ، 6 މީހުން ހައްޔަރުކޮށްފި

ސަން

12 އޮކްޓޯބަރު 2025 | އާދިއްތަ | 12:26

ދެ މާރާމާރީއަކާ ގުޅިގެން މާލެއިން ހަ މީހުން ހައްޔަރުކޮށް، އިއްޔެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ ކޯޓު އަމުރުގެ ދަށުން މި ދެ މައްސަލައާ ގުޅިގެން ހަ މީހުން ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހު ކަމަށެވެ.

މީގެ ތެރެއިން އެއް މާރާމާރީ ހިންގީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ 18:10 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެ ދުވަހުގެ މާރާމާރީ ހިންގީ ސައިކަލެއްގައި ދިޔަ މީހަކު، ބޮޑުތަކުރުފާނު މަގު ޕޯސްޓު އޮފީސް ކައިރި ހުރި މީހަކަށް ހަމަލާ ދީގެންނެވެ. އެ މައްސަލައިގެ ތުހުމަތުގައި ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މައުޟޫޢުތަށް