އެޗްޑީސީން ވެސް ފުލެޓުތައް ކުއްޔަށް ދީފައި ހުރިތޯ ބަލައި، ފިޔަވަޅު އަޅަނީ
ސަން
12 އޮކްޓޯބަރު 2025 | އާދިއްތަ | 2:20
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ތަރައްގީކޮށް ބަލަހައްޓާ ސޯޝަލް ހައުސިން ފުލެޓުތައް ކުއްޔަށް ދޫކުރާ ފަރާތްތައް ވެސް ހޯދައި، ފިޔަވަޅު އަޅާނެ ކަމަށް އެ ކުންފުނިން މިއަދު އިއުލާންކޮށްފިއެވެ.
އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ސޯޝަލް ހައުސިން ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމެއްކަން ފާހަގަކޮށްފައެވެ.
އެހެންވެ، މި ފްލެޓްތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީއާއި ސޯޝަލް ހައުސިން ފްލެޓް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެއްކަން އިއުލާނުގައި ފާހަގަކޮށްފައިވެއެވެ. އެހެންވެ، އެއްބަވުސްމާ ޚިލާފަށް ފްލެޓްތައް ކުއްޔަށް ދޭނަމަ އެއްބަސްވުމުގައި ވާގޮތަށް ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީން ބުންޏެވެ.