އަލިހުރަސް ކަނޑަށް ޑައިވިން ދޯންޏެއް އަޑިއަށް ގޮސް، އޭގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދެފި
ސަން
12 އޮކްޓޯބަރު 2025 | އާދިއްތަ | 4:00
އަލިހުރަސް ކަނޑަށް އަޑިއަށް ގޮސްފައިވާ ދޯންޏެއްގެ ބައެއް ބައިތަކާއި ތަކެތި އޮޔާތީ ސަމާލުވާން އެމްއެންޑީއެފުން މިއަދު އެދިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އއ. ރަސްދޫއަށް ދަތުރުކުރަމުން ދިޔަ "ސްކޫބާ" ނަމަކަށް ކިޔާ ޑައިވިން ދޯންޏެއް އަލިހުރަސް ކަނޑަށް އަޑިއަށް ގޮސްފައިވާ ކަމަށެވެ.
އަދި އެ ދޯނީގެ ބައެއް ބައިތަކާއި ތަކެތި އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.