ފްލެޓުތައް ދޫކުރެވޭނީ ހުރިވަރުން، 75 ޕޮއިންޓް ލިބުނު ބައެއް މީހުންނަށް ދެ ކޮޓަރި ދޭން ޖެހިދާނެ: މުއްތަލިބު
ސަން
12 އޮކްޓޯބަރު 2025 | އާދިއްތަ | 6:23
ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތައް ސަރުކާރަށް ދޫކުރެވޭނީ ހުރި ވަރުން ކަމަށާއި، މިހާރުވެސް މަސައްކަތްކުރަމުން އަންނަނީ ފްލެޓްތަކުގެ ހައްގުވެރިންނަށް އިންސާފުވެރިކަމާއެކު ހަވާލުކުރުމަށް ކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިޔާ ސްކީމަށް ފުލެޓު ދޫކުރުމަށް ކުރީ ސަރުކާރުން ކަނޑައަޅައިފައި އޮތީ، 76 ޕޮއިންޓް ލިބޭ މީހުންނަށް ތިން ކޮޓަރީގެ ފުލެޓުތައް ދިނުމަށް ފަހު، 75 ޕޮއިންޓް ލިބުނު މީހުންގެ މެދުގައި ގުރު ނަގައިގެން ބާކީ ހުރި ތިން ކޮޓަރީގެ ފުލެޓުތައް ދިނުމަށެވެ.
އެހެންނަމަވެސް، 76 ޕޮއިންޓް ލިބޭ 300އަށްވުރެ ގިނަ މީހުންނަށް ފުލެޓު ކަނޑަނާޅައި، 75 ޕޮއިންޓް ލިބުނު ބައެއް މީހުންނަށް ފުލެޓު ދިން މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލަ މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ހުށަހަޅައިފައެވެ.