ޕީއެޗްޑީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް، މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީއާއެކު މަޝްވަރާތަކެއް

ސަން

12 އޮކްޓޯބަރު 2025 | އާދިއްތަ | 5:43

ޕީއެޗްޑީ ޕްރޮގްރާމުތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިޔާ (އައިއައިޔޫއެމް)އާ މިއަދު މަޝްވަރާކުރައްވައިފިއެވެ.

ރައީސް އެ މަޝްވަރާކުރެއްވީ، އައިއައިޔޫއެމްގެ ރެކްޓަރު ޕްރޮފެސާ އެމެރިޔަސް ޑާތުކް ޑރ. އޮސްމާން ބަކާ، އެ މަނިކުފާނުގެ އަރިހަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިންނެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، ރައީސް މުއިއްޒާއި ޕްރޮފެސަރު ވަނީ މަތީ ތަޢުލީމްގެ ދާއިރާއިން، ޚާއްޞަކޮށް ޕީއެޗްޑީ ޕްރޮގްރާމްތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކުރައްވާފައެވެ.

މައުޟޫޢުތަށް