ފަނޑިޔާރުންނަށް ފާރަލުމުގެ ތުހުމަތަށް ފާއިޒް ވަކިކުރުން: ޓްރައިބިއުނަލްގެ ނިންމުމުގެ އިސްތިއުނާފު، ހުކުމާ ހަމައަށް

ސަން

12 އޮކްޓޯބަރު 2025 | އާދިއްތަ | 7:10

ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލްކަމުން ޑރ. ހުސައިން ފާއިޒް ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ނިންމައި، މުސާރަ އާއި އިނާޔަތްތައް އޭނާއަށް ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމުގެ އިސްތިއުނާފުގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ނޮވެންބަރު 2، 2022ގައި، ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން ފާއިޒް ވަކިކުރީ އެ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް ފާރަލެވޭ ގޮތަށް އެ ކޯޓުގައި ސީސީޓީވީ ކެމެރާ ހަރުކުރި ކަމަށް ބުނެއެވެ. ނަމަވެސް އެ ތުހުމަތުތައް ފާއިޒް ދޮގުކުރައްވައެވެ.

އެ މައްސަލަ ހައިކޯޓުގައި ހިނގަމުންދަނިކޮށް، ފާއިޒްވަނީ ސިވިލް ސާވިސް ކޮމިޝަނަށް އައްޔަންކޮށްފައެވެ.

މައުޟޫޢުތަށް