ސިނގިރޭޓް ކޭސްތަކެއްގެ މައްސަލައެއްގައި، ކަސްޓަމްސްގެ ކުރީގެ އިސް މުވައްޒަފަކަށް ރިޝްވަތުގެ ދައުވާކުރަން އެދިއްޖެ

ސަން

12 އޮކްޓޯބަރު 2025 | އާދިއްތަ | 9:47

ކަސްޓަމްސްގެ ކުރީގެ އިސް މުވައްޒަފަކު، ސިނގިރޭޓު އެތެރެކުރާ ކުންފުންޏެއްގެ އަތުން ރިޝްވަތު ހޯދަން އުޅުމުގެ ތުހުމަތުގައި ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް މިދިޔަ ބުދަ ދުވަހު ފޮނުވައިފިއެވެ.

އޭސީސީން ބުނީ، އެ މައްސަލައިގައި ދަޢުވާ ކޮށްދިނުމަށް އެދި ފޮނުވައިފައިވަނީ، ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް، މުޢާޒު ޢަލީގެ މައްޗަށް ކަމަށެވެ.

އެ މައްސަލައިގައި މުއާޒުގެ މައްޗަށް އޭސީސީން ކޮށްދިނުމަށް އެދިފައި ވަނީ، އެނގިހުރެގެން މަންފާއަކަށް އެދުމާއި ގަބޫލުކުރުމާއި ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ގަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދަޢުވާއެވެ.

މައުޟޫޢުތަށް