ޓްރާންސްޕްލާންޓް ކުރުމަށް ގުނަވަނެއް ވިއްކައިފިނަމަ އަދަބު ދެވޭގޮތަށް، މަޖިލީހަށް ބިލެއް
ސަން
12 އޮކްޓޯބަރު 2025 | އާދިއްތަ | 9:55
ޓްރާންސްޕްލާންޓު ކުރުމަށް ގުނަވަނެއް ވިއްކައިފި ނަމަ އަދަބު ދެވޭ ގޮތަށް، "ގުނަވަން ޓްރާންސްޕްލާންޓުކުރުމުގެ ބިލު" އެޓާނީ ޖެނެރަލްގެ އޮފީސް (އޭޖީ)އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ މީހުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓު ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުން ކަމަށެވެ.
އެ ބިލުގައި އޭޖީ އޮފީހުން ވަނީ، ކުށުގެ ގޮތުގައި ކަންކަން ހިމަނައި، އަދަބު ކަނޑައަޅާފައެވެ. އެގޮތުން،