ނަލަންދޫއާއި ހަންކެޑެގައި ރިސޯޓެއް ހިންގާނެ ބަޔަކު ހޯދަނީ

ސަން

12 އޮކްޓޯބަރު 2025 | އާދިއްތަ | 11:45

ށ. ނަލަންދޫއާއި އައްޑޫ ސިޓީ ހަންކެޑެގައި ފަތުރުވެރިކަމަށް ރިސޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މިއަދު އިއުލާނުކޮށްފިއެވެ.

އެ ވުޒާރާއިން ނެރުނު އިއުލާނެއްގައި ވަނީ ހަންކެޑެގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ކަމަށާއި، އެއީ މަދުވެގެން 1000 އެނދުގެ ރިސޯޓަކަށް ވާން ޖެހޭނެ ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު މެއިލް މެދުވެރިކޮށް ލިބޭނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ނިންމައިފައި އޮތީ ހަންކެޑެގައި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރުމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ފުރަތަމަ ނިންމީ ހަންކެޑެ، ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށް ދިނުމަށެވެ.

މައުޟޫޢުތަށް