އައްޑުއަށް ތަރައްގީ ނާންނަނީ ވައްކަންކުރާތީ، ކުރީގެ މޭޔަރުން ފައިސާއަށް ހެދިގޮތް ބަލަންޖެހޭ: އައިބީ

ސަން

13 އޮކްޓޯބަރު 2025 | ހޯމަ | 12:40

ވޭތުވެދިޔަ 17 އަހަރު، ރާއްޖޭގެ އާބާދީ ދެވަނައަށް އެންމެ ބޮޑު އައްޑޫގެ އެއްވެސް އަވަށަކަށް ތަރައްގީ ނާންނަނީ ވައްކަން ކުރާތީ ކަމަށާއި، އައްޑޫގެ އަވަށްތައް ތަރައްގީކުރަން ދޭ ފައިސާއަށް އެ ސިޓީގެ ކުރީގެ މޭޔަރުން ހެއްދެވިގޮތް ބަލަން ޖެހޭ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) މިއަދު ވިދާޅުވެއްޖެއެވެ.

އޮޑިޓް އޮފީހުން ނެރުނު ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަން ތަހްގީގުކުރުމަށާއި ފިޔަވަޅު އެޅުން އަވަސްކުރަން ގޮވާލައި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން އައިބީ ވިދާޅުވީ، އައްޑޫ ތަރައްގީނުވަނީ ހުރިހާ ދިމާލަކުން ވައްކަންކުރާތީ ކަމަށެވެ.

"އަޅުގަނޑުމެން އައްޑޫ ސިޓީ ރައްޔިތުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން މި ގާނޫނުއަސާސީގެ ދަށުން ފެށި ފަހުން ލާމަރުކަޒީއެއް ނޫން، އަޅުގަނޑުމެން މަރުކަޒީވީ،" އައިބީ ވިދާޅުވިއެވެ.

މައުޟޫޢުތަށް