ކުރަނީ އަސާސެއް ނެތް ތަހުގީގެއް، މައުލޫމާތު ވެސް އޭސީސީގައި ނެތް: ފައްޔާޒް
ސަން
13 އޮކްޓޯބަރު 2025 | ހޯމަ | 12:32
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކުރަނީ އެއްވެސް އަސާސެއް ނެތް ތަހުގީގެއް ކަމަށާއި ތަހުގީގަށް ބޭނުންވާ މައުލޫމާތު ވެސް އެ ކޮމިޝަންގައި ނެތް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
ކޮރަޕްޝަންގެ ތުހުމަތުގައި ފައްޔާޒް މިއަދު ވަނީ އޭސީސީއަށް ހާޒިރުކޮށްފައެވެ.
އެއީ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއާ ގުޅުން އޮންނަ ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލު ދިން ގޮތުގެ މައްސަލައެވެ. އެ ކަމުގައި ފައްޔާޒަށް ވަނީ ކޮރަޕްޝަންގެ ތުހުމަތުކޮށްފައެވެ. އެ ތަހުގީގު އޭސީސީން އަންނަނީ ކުރަމުންނެވެ.