ވަޒީރުން ހާޒިރުނުކުރާތީ، ރިޔާސަތަށް ނާޒިމް ގެންނަން މަސައްކަތްކުރަނީ
ސަން
13 އޮކްޓޯބަރު 2025 | ހޯމަ | 12:54
ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ވަޒީރުންނާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ހުރަސްއަޅުއްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމާ ހަވާލުކުރުމުގެ މަސައްކަތް އިދިކޮޅު އެމްޑީޕީގެ މެންބަރުން ފަށާނެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދައުރު އަދާކުރުމަށް ބައެއް ވަޒީރުން އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ މެންބަރުން މީގެ ކުރިން އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އެ މައްސަލައިގައި މިދިޔަ އޭޕްރިލް މަހު މަޖިލީހަށް ގަރާރެެއް ހުށަހަޅައި، އޮގަސްޓް މަހު އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ފަރާތުން ސިޓީއެއް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވާފައިވެއެވެ.
://../209636