ޓައީ ނާޅާ މަޖިލީހުގެ ޖަލްސާގައި ދެން ބައިވެރިނުވެވޭނެ
ސަން
13 އޮކްޓޯބަރު 2025 | ހޯމަ | 2:22
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖަލްސާތަކަށް ވަޑައިގަންނަވާއިރު ޓައީ އަޅަން ލާޒިމްކޮށް މަޖިލީހުގެ ގަވައިދު ފާސްކޮށް ނިމުމާ އެކު، ޓައީ ނާޅުއްވައި ތިއްބެވި މެންބަރުން ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު ދަންނަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ތިއްބަވާއިރު ޓައީ އަޅައިގެން ތިބުން ހިމެނޭ ގޮތަށް، ހެދުން އެޅުމުގެ އުސޫލެއް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކުރީ މިދިޔަ ބުދަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ.
ނަމަވެސް، ކޮމިޓީގެ ރިޕޯޓުގައި އޮތް ގޮތުން ޖަލްސާތަކުގައި ތިއްބަވާއިރު މެންބަރުންގެ ރަސްމީ ހެދުން ތުރުކުރައްވަންޖެހޭ ގޮތް އެހާ ސާފެއްނޫނެވެ.