މައިންގެ ފަރާތުން ޖެހޭ ބޮޑު ތިން ބައްޔެއް ނައްތާލި ފުރަތަމަ ގައުމަކަށް ރާއްޖެ
ސަން
13 އޮކްޓޯބަރު 2025 | ހޯމަ | 4:34
މަންމައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕިޓައިޓިސް ބީ ވާރުތަވުން ހުއްޓުވައި، "ޓްރިޕްލް އެލިމިނޭޓް"ކުރި ފުރަތަމަ ގައުމަކަށް ދިވެހިރާއްޖެ ވެއްޖެ ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން މިއަދު ކަނޑައަޅައިފިއެވެ.
ޑަބްލިޔުއެޗްއޯއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މިއީ ރާއްޖޭގެ އާންމު ސިއްހީ ނިޒާމަށް ބަލާއިރު ފާހަގަކޮށްލެވޭ ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެ ޖަމިއްޔާއިން ބުނީ، ރާއްޖޭން ވަނީ އެޗްއައިވީއާއި ސިފިލިސް މައިންގެ ފަރާތުން ދަރިން ގަޔަށް އެރުން 2019 ވަނަ އަހަރު ރާއްޖޭން ހުއްޓުވާފައިވާކަން ފާހަގަކޮށްފައެވެ. އަދި، އެ ފަދައިން ހެޕިޓައިޓިސް ބީ ފެތުރުން ވެސް ހުއްޓުވިކަން އެ ޖަމިއްޔާއިން ބަލައިގަތުމާ އެކު 'ޓްރިޕްލް އެލިމިނޭޝަން' ހާސިލުކުރި ފުރަތަމަ ގައުމަށް ރާއްޖެ ވަނީ ވެފައެވެ.
"މައިންބަފައިންނާއި ކުޑަކުދިންގެ ސިއްހަތަށް ވަރުގަދަ ސިޔާސަތުތަކާއި ދެމެހެއްޓެނިވި އިންވެސްޓްމަންޓަކުން، މި ނުރައްކާތެރި ބަލިތައް މަންމަގެ ފަރާތުން ދަރިފުޅަށް ފެތުރުމާއި، އެ ބަލިތަކުން ލިބޭ ތަކުލީފު ނައްތާލުމަކީ ކުރެވިދާނެ ކަމެއްކަން ރާއްޖެއިން ދައްކުވައިދީފި،" ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވިއެވެ.