ޓެކްސް އެޕީލް ޓްރައިބިއުނަލަށް އަފީފާއި ޝައުފާ އައްޔަނުކުރައްވައިފި
ސަން
13 އޮކްޓޯބަރު 2025 | ހޯމަ | 6:13
ރައީސް ޑރ. މުޙައްމަދު މުއިއްޒު، ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އިބްރާހިމް އަފީފާއި ޝައުފާ އިބްރާހީމް މިއަދު އައްޔަނުކުރައްވައިފިއެވެ.
އޭގެތެރެއިން އަފީފް އައްޔަނުކުރެއްވީ، ޓްރައިބިއުނަލްގެ މެންބަރު ކަމަށްވާއިރު، ޝައުފާ އައްޔަނުކުރެއްވީ ޓްރައިބިއުނަލްގެ ގާނޫނީ ދާއިރާ ތަމްސީލުކުރާ މެންބަރު ކަމަށެވެ.
އެ ދެ ބޭފުޅުން މަގާމަށް އައްޔަނުކުރަން ފެންނަ ކަމަށް މިމަހު އަށެއްގައި ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ.