ފީތަކާއި ޖޫރިމަނާތައް ދައްކަން އެއްބަސްވުމުން ވޯކް ޕާމިޓުތައް ބާތިލުކޮށްދެނީ
ސަން
13 އޮކްޓޯބަރު 2025 | ހޯމަ | 9:38
ބިދޭސީންގެ ފީތަކާއި ޖޫރިމަނާތައް ދައްކަން އެއްބަސްވުމުން, ކުރިން ނުދައްކާ ހުރި ވޯކް ޕާމިޓުތައް ބާތިލުކޮށްދޭނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ، ބިދޭސީން ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ވޯކް ޕާމިޓުތަކާއި މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުމުގައި ވަޒީފާދޭ ފަރާތްތަކަށް އިތުރު ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން، މިއަދުން ފެށިގެން ވޯކް ޕާމިޓާ ގުޅުންހުރި ފީތަކާއި ޖޫރިމަނާތައް ވަގުތުން ދެއްކުމަކާ ނުލައި، އެ ފީތައް ފަހުން ދައްކައި ޚަލާސްކުރާނެ ކަމަށް އެކްސްޕެޓު ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމުން ވޯކް ޕާމިޓުތައް ބާތިލުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.