ނަތީޖާ ނެރެދިނުން ފިޔަވައި، އިތުރު އެއްވެސް ޝައުގުވެރިކަމެއް މި ސަރުކާރުގައި ނެތް: ރައީސް
ސަން
13 އޮކްޓޯބަރު 2025 | ހޯމަ | 9:27
ނަތީޖާ ނެރެދިނުން ފިޔަވައި، އިތުރު އެއްވެސް ޝައުގުވެރިކަމެއް މި ސަރުކާރުގައި ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ށ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު މިއަދު ވަނީ ގޮއިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.
އެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުން ގާތަށް ވަޑައިގަންނަވަނީ ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށާއި އިތުރަށް ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވައިގެން އެ ކަންކަން ވެސް ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.