500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމާމެދު އެއްވެސް ކަންބޮޑުވުމެއް ނެތް: ރައީސް

ސަން

13 އޮކްޓޯބަރު 2025 | ހޯމަ | 10:22

ރާއްޖެއިން އަންނަ އަހަރުގެ އޭޕްރިލް މަހަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ)ގެ ސުކޫކު ދެއްކުމާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ށ. ބިލެތްފަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ވިދާޅުވީ، މި ސަރުކާރުން އިގުތިޞާދު ރަނގަޅު ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، ދައްކަން ހުރި ބޭރުގެ ދަރަނިތަކާއި އެތެރޭގެ ދަރަނިތައް ދައްކަމުން އަންނަ ކަމަށާއި ބައެއް ގައުމުތަކާ މަޝްވަރާކޮށްގެން، އެ ގައުމުތަކަށް ދައްކަން އޮތް ދަރަނިތަކަށް ލުއިތައް ހޯދަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް އިޝާރާތް ކުރެއްވީ، އިންޑިއާއާއި ޗައިނާއަށް ދައްކަން އޮތް ލޯނުތަކަށް އެ ދެ ގައުމުން މި އަހަރު ތެރޭ ލުއި ދިނުމަށެވެ.

މައުޟޫޢުތަށް