ދެ އަހަރާއި ބައި ތެރޭގައި ބިލެތްފަހި އެއާޕޯޓުގެ މަޝްރޫއު ނިންމަނީ

ސަން

13 އޮކްޓޯބަރު 2025 | ހޯމަ | 11:20

ގިނަވެގެން ދެ އަހަރާއި ބައިގެ ތެރޭގައި ށ. ބިލެތްފަހީގެ އެއާޕޯޓު އެޅުމުގެ މަޝްރޫއު ނިންމަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ބިލެތްފަހީގައި އެއާޕޯޓު އެޅުމަށް ނިންމައި، އަމަލީ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ މިއަދު ވަނީ ހަވާލުކޮށްފައެވެ.

އެ އެއާޕޯޓުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފްގެ އިތުރުން ބިލެތްފަހި ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދެވެ.

މައުޟޫޢުތަށް