ފަތުރުވެރިން ގިނައިން އަންނަ ގައުމުތަކުގެ ބަސް އުނގަންނައިދެނީ، ޓިއުޝަން ފީ މިނިސްޓްރީއަށް

ސަން

13 އޮކްޓޯބަރު 2025 | ހޯމަ | 11:54

ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ ބަސް އުނގަންނައިދިނުމަށް، ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ އިގްތިސާދީ ކުރިއެރުން ގެނެސް، ވަޒީފާގެ ފުރުސަތުތައް އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށެވެ.

ރާއްޖެއަށް ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާއިރު، މި ފަތުރުވެރިންގެ ތެރެއިން ގިނަ ބަޔަކީ މެންޑަރިން، އަރަބި، ފަރަންސޭސި، ޖަރުމަން އަދި ރަޝިއާ ބަހާއި ކޮރެއާ ފަދަ ބަސްބަހުން މުޢާމަލާތްކުރާ މީހުންކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މައުޟޫޢުތަށް