ބިޑަކާނުލައި މަޝްރޫއުތައް ދިނުމަށް ކުރީގެ އޭޖީގެ ފާޑުކިޔުން: ''މަދަނީ ބަސްނޭހުމަކުން ވިޔަސް ހުއްޓުވަންޖެހޭ''

ސަން

14 އޮކްޓޯބަރު 2025 | އަންގާރަ | 12:08

ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމާ ވަކި މަޝްރޫއުތައް ވާދަވެރި ބިޑަކާ ނުލައި، ސަރުކާރުން ބޭނުންވާ ކުންފުންޏަކަށް ދެވޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވައިދު އިސްލާހުކޮށްފައިވާތީ، އެކަމަށް ކުރީގެ އޮޑިޓަރު ޖެނެރަލް ނިޔާޒް އިބްރާހިމް ފާޑުވިދާޅުވެއްޖެއެވެ.

މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސް އާދިއްތަ ދުވަހު އަމަލުކުރަން ފެށިއިރު، "ސިންގަލް ސޯސް ޕްރޮކިއުމަންޓް"ގެ އުސޫލުން ތަކެތި ގަތުން ނުވަތަ ޚިދުމަތް ހޯދުމާ ގުޅޭ ގަވައިދުތަކަކަށް އިސްލާހު ގެނެސްފައިވެއެވެ.

އެގޮތުން އެއް އިސްލާހުގައި ވަނީ އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫޢުތަކާއި، ސަލާމަތީ ޚިދުމަތްތަކަށް ޚާއްޞަ މަޝްރޫޢުތަކުގެ ގޮތުގައި ކަމާގުޅޭ ދައުލަތުގެ އޮފީހަކުން، ވަޒީރުންގެ މަޖިލީހަށް ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހުށަހެޅުމުން، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫޢުތައް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ކުރިޔަށް ގެންދެވިދާނެ ކަމަށެވެ.

މައުޟޫޢުތަށް