އޮޑިޓް އޮފީހުން ހުށަހެޅި ގޮތަށް، 134 މިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

ސަން

14 އޮކްޓޯބަރު 2025 | އަންގާރަ | 11:36

އޮޑިޓަރު ޖެނެރަލްގެ އޮފީހުން ހުށަހެޅި ގޮތަށް، އަންނަ އަހަރު 134.29 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭން މާލިއްޔަތު ކޮމިޓީން ނިންމައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮޑިޓަރު ޖެނެރަލްގެ އޮފީހުން ހުށަހެޅި ބަޖެޓު އޮތް ގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވި 51 މެންބަރުންގެ ވެސް އިއްތިފާގުންނެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން، އޮޑިޓަރު ޖެނެރަލް އޮފީހުގެ މުވައްޒަފުންނަށް އަންނަ އަހަރު 61.4 މިލިއަން ރުފިޔާ ބަޖެޓުކުރަން ވަނީ ހުށަހަޅައިފައެވެ. އަދި, ދަތުރުފަތުރަށް 10.4 މިލިއަން ރުފިޔާއާއި އޮފީސް ހިންގުމަށް ބޭނުންވާ ޚިދުމަތަށް 12.9 މިލިއަން ރުފިޔާ އެ އިދާރާއިން ވަނީ ހުށަހަޅައިފައެވެ.

މައުޟޫޢުތަށް