އުމްރާނީ މަޝްރޫއުތައް ހިންގުމަށް އެމްއޭސީއެލުން އަމިއްލަ ކުންފުންޏެއް އުފައްދައިފި

ސަން

14 އޮކްޓޯބަރު 2025 | އަންގާރަ | 1:27

އުމްރާނީ އެކި މަސައްކަތްތަކެއް ކުރުމަށް ސަރުކާރުގެ އެއާޕޯޓު ކުންފުނި އެމްއޭސީއެލްގެ ފުރިހަމަ ހިއްސާ އޮންނަ އަމިއްލަ ކުންފުންޏެއް އުފައްދައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ވިޔަފާރި ޕޯޓަލުން ދައްކާ ގޮތުގައި ޕެނިންސިއުލާ އިންފްރާސްޓްރަކްޗާގެ ނަމުގައި އެމްއޭސީއެލުން ޕްރައިވެޓް ކުންފުންޏެއް އުފައްދާފައިވަނީ މި މަހުގެ ހަވަނަ ދުވަހެވެ.

ވިޔަފާރި ޕޯޓަލުގައިވާ ގޮތުން، މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. ޝަރީފާއެކު މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވަނީ އަހްމަދު އަސަދު ހާޝިމާއި މުހައްމަދު މިހާދާއި އަހްމަދު ސާނިއުގެ އިތުރުން ހުސައިން ރިޔާޒެވެ.

މައުޟޫޢުތަށް