ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލަ: 241 ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި
ސަން
14 އޮކްޓޯބަރު 2025 | އަންގާރަ | 4:37
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތެލުގެ ވިޔަފާރި ކުރާ ހޯކްސް ކުންފުނީގެ ބޯޓަކުން ވަގަށް އެތެރެކުރަން މަސައްކަތްކުރި ސިނގިރޭޓުގެ މައްސަލައިގެ ރިޕޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފިއެވެ.
މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، މައިގަނޑުގޮތެއްގައި ކޮމިޓީން ނިންމާފައިވަނީ މައްސަލައިގެ ރިޕޯޓު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވުމަށް ކަމަށެވެ.
މި ބައްދަލުވުން ސިއްރުކުރުމަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ޝާހިދުގެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ. ކޮމިޓީގެ އިއްތިފާގުން ނިންމީ ބައްދަލުވުން ސިއްރުކުރުމަށެވެ.