ހުއްޓިފައިވާ މަަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރަނީ ދައުލަތަށް ގެއްލުން ނުވާނެގޮތަށް: ރައީސް
ސަން
14 އޮކްޓޯބަރު 2025 | އަންގާރަ | 9:20
ރަށްރަށުގައި ހުއްޓިފައިވާ މަޝްރޫއުތަކުގެ އެއްބަސްވުންތައް ބާތީލުކޮށް، އެ މަޝްރޫއުތައް އެހެން ކުންފުނިތަކާ ހަވާލުކުރަނީ ދައުލަތަށް ގެއްލުން ނުވާނެ ގޮތަށް އުސޫލުގެ ތެރެއިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ރަށްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ށ. ފީވަކަށް ވަޑައިގެން އެ މަނިކުފާނު ވަނީ، ކުރީ ސަރުކާރުގައި އުތުރުގައި ފަށައިފައި ހުރި ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް މިހާރު ހުއްޓިފައިވުމުން، އެ މަސައްކަތްތައް އަލުން ފެށޭނެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ގޮތަށް ފަށާފައި ހުރި، ކުނި މެނޭޖްކުރާ މަރުކަޒުތައް އިމާރާތްކުރުމުގެ މަޝްރޫއުތައް އަލުން ފެށުމުގެ މަސައްކަތް މިހާތަނަށް އޮތީ ނާކާމިޔާބުވެފައި ކަމަށެވެ.