ވެރިންގެ މާލީ ބަޔާން އޮޑިޓްކުރުން: "އޮޑިޓަރު ޖެނެރަލް ސިޔާސީ ކަންކަމަށް ހުށަހެޅެން ނޭދެން"

ސަން

14 އޮކްޓޯބަރު 2025 | އަންގާރަ | 5:57

ސިޔާސީ ކަންކަމުގެ ތެރެއަށް އޮޑިޓަރު ޖެނެރަލް ހުށަހެޅެން ނޭދޭ ކަމަށް ބުނެ، އޮޑިޓަރު ޖެނެރަލް ލައްވާ މާލީ ބަޔާންތައް އޮޑިޓްކުރުމަށް ހުށަހެޅި އިސްލާހުތަކާ ދެކޮޅަށް މާލިއްޔަތު ކޮމިޓީގައި ބައެއް މެންބަރުން ވާހަކަ ދައްކަވައިފިއެވެ.

މިއަދު މާލިއްޔަތު ކޮމިޓީގައި ވަނީ, މިނިވަން މުސްތަގިއްލު މަގާމުތަކާއި ކޮމިޝަންތަކުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް ބޭފުޅުން ވެސް މާލީ ބަޔާން ހާމަކުރަން ލާޒިމުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލު ދިރާސާކޮށްފައެވެ.

އެ ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ، އެ އިސްލާހުގެ ދަށުން، ވަޒީރުންނާއި ސަރުކާރުގެ ދައުލަތުގެ އެކި އިދާރާތަކާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މާލީ ބަޔާންތައް އޮޑިޓަރު ޖެނެރަލް ލައްވާ އޮޑިޓްކުރަން ފަށައިފިނަމަ، އޮޑިޓް އޮފީސް ސިޔާސީ ކަންތައްތަކުގެ ތެރެއަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

މައުޟޫޢުތަށް