އަދުހަމްގެ ލަވައެއް ހިމެނޭ 'ދަ ވޯލްޑް އަލްބަމް'، ބިލްބޯޑް މެގަޒިންގެ ގްރެމީ ކޮންޓެންޑާސް އިޝޫގައި

ސަން

14 އޮކްޓޯބަރު 2025 | އަންގާރަ | 9:01

ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް، ޓޫ އޮފް އަސްއަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ އަހުމަދު އަދުހަމްގެ ލަވައެއް ހިމެނޭ "ދަ ވޯލްޑް އަލްބަމް"، ބިލްބޯޑް މެގަޒިންގެ ގްރެމީ ކޮންޓެންޑާސް އިޝޫއިން ޖާގައެއް ހޯދައިފިއެވެ.

ލަވައާއި މިއުޒިކާ ގުޅުންހުރި އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ގްރެމީ އެވޯޑްސްއަށް ވާދަކުރުމަށް ހުޅުވާލުމުން، އެ އެވޯޑަށް ވާދަކުރުމަށް ހުށަހެޅި ފަންނާނުންނާއި ބޭންޑްތައް ދައްކުވައިދޭ ގޮތަށް، ބިލްބޯޑް މެގަޒިންއެއް ވަނީ ނެރެފައެވެ.

އެ މެގަޒިންގައި، އަދުހަމްގެ ލަވަ ހިމެނޭ 'ދަ ވޯލްޑް އަލްބަމް'ގެ މައުލޫމާތު ވެސް ހިމަނައިފައިވެއެވެ. އެއީ ބެސްޓް ގްލޯބަލް މިއުޒިކް އަލްބަމަށް ކުރިމަތިލި ފަންނާނުންގެ ތެރޭގައެވެ.

މައުޟޫޢުތަށް