ރަސްމާލޭގެ އިތުރަށް ރަށްތަކުގެ ބިން ހިއްކަން އެމްއޭސީއެލްއިން ތިން ޑްރެޖަރު ގެންނަނީ

ސަން

15 އޮކްޓޯބަރު 2025 | ބުދަ | 12:56

ކ. ރަސްމާލެ ހިމެނޭހެން ރަށްތަކުގެ ބިންހިއްކުމަށް ބޭނުންވާ ތިން ޑްރެޖަރެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް)އިން ވަރަށް އަވަހަށް ގެންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކައިރި ކައިރީގައި އެއާޕޯޓުތައް އަޅާތީ، ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ރައީސް މިރޭ ވަނީ ށ. ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެވެ.

ގިނަ ރަށްތަކެއްގެ އެއާޕޯޓުތައް އެޅުމަށް ސަރުކާރު ކުންފުނި، އެމްއޭސީއެލްއާ ހަވާލުކޮށްފައިވާއިރު، އެކަންކަން ކުރަނީ ވާން ޖެހޭ ހުރިހާ މަސައްކަތްތަކެއް ތަރުތީބުކޮށްގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މައުޟޫޢުތަށް