އަހަރު ނިމުމުގެ ކުރިން އެތުލީޓުންނަށް ދޭން ވައުދުވި ބޮޑު މުސާރައިގެ ހިލަމެއް ނެތް
ސަން
15 އޮކްޓޯބަރު 2025 | ބުދަ | 9:57
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުޅިވަރުގެ އުމްރާނީ ގިނަ ވަސީލަތްތަކާއި ކުޅުންތެރިން ނުވަތަ އެތުލީޓުންނާ ގުޅޭގޮތުން މުހިންމު ނުކުތާތަކެއް ފާހަގަކޮށްފައެވެ. އެގޮތުން، އެތުލީޓުނަށް ފުރުސަތުތައްް ފަހިކޮށްދީ، ގައުމީ ޓީމުތަކުގެ ކުޅުންތެރިން އަދި އޮފިޝަލުން ތަފާތުނުކޮށް އެއް ހަމައެއްގައި މިހާރު ލިބޭވަރަށްވުރެ ބޮޑު މުސާރައެއް ދިނުމަށް ރައީސް ވަނީ އެންމެ ފަހުގެ ރިޔާސީ ބަޔާނުގައި އަލިއަޅުވާލައްވާފައެވެ.
ރައީސް މުއިއްޒު ވަނީ މި އަހަރު ނިމުމުގެ ކުރިން މުސާރަ އެއްހަމަކޮށް ބޮޑުކުރާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެކަން ނުވާއިރު، ގިނަ އެސޯސިއޭޝަންތަކަށް ދޭޏްޖެހޭ ފައިސާ އަދިވެސް ޖަމާނުވާ ކަމަށް އެ އެސޯސިއޭޝަންތަކުން ވަނީ "ސަން"އަށް ޔަގީންކޮށްދީފައެވެ.
ނަމަވެސް، އަހަރު ނިމެން ބާކީ ދެ މަހަށްވާއިރު ވެސް އެކަމުގެ އަލިމަގެއް އަދި ނުފެނެއެވެ.