އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރާނަން: ބަންޑާރަނައިބު
ސަން
15 އޮކްޓޯބަރު 2025 | ބުދަ | 9:34
ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި އޮތް ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ހައްގު ހަނިވާގޮތަށް އޮތް އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރައްވާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީން ވަނީ ކުރިން ހުއްދަ ހޯދުމަކައިނުލާ ކޮންމެ މީހަކުމެ، ކޮންމެ ތަނަކަށް ވެސް އެއްވެ އުޅުމުގެ ހައްގު ކަށަވަރުކޮށްދީފައެވެ.
އެކަމަކު، އެއްވެ އުޅުމުގެ ގާނޫނުން އެ ހައްގު ވަނީ ހަނިކޮށްފައެވެ. ގާނޫނު އޮތް ގޮތުން ކުރިން ހުއްދަ ނެގުމަކައިނުލާ އެއްވެވެނީ ބައެއް ސަރަހައްދުތަކަށެވެ. އަދި، އެ ނޫން ތަންތަނަށް އެއްވާން ބޭނުންނަމަ، ކުރިން ހުއްދަ ހޯދަންޖެހެއެވެ. އެހެންވެ، އަބަދު ވެސް އިދިކޮޅުގައި ތިއްބަވާ ބޭފުޅުންގެ ކަންބޮޑުވުން އެ ކަމުގައި އޮވެއެވެ.