ވައުދާ އެއްގޮތަށް ޖޭއެސްސީ އިސްލާހުކުރަން ތާރީޚެއް ނުދެއްވި
ސަން
15 އޮކްޓޯބަރު 2025 | ބުދަ | 10:33
ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެޑައިގެން ގޮތަށް އެކަން ކުރައްވާނެ ތާރީޚެއް ވިދާޅުވާން ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ދެކޮޅު ހައްދަވައިފިއެވެ.
ޖޭއެސްސީން ސިޔާސީ ނުފޫޒު ނައްތާލުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.
އެ މަނިކުފާނު ރިޔާސީ ކެމްޕޭން ތެރޭގައި ވިދާޅުވީ، ޖޭއެސްސީގައި ސިޔާސީ އެއްވެސް ބޭފުޅަކު ހުރެގެން ނުވާނެ ކަމަށެވެ. އެހެންވެ، ސިޔާސީ އެއްވެސް ބޭފުޅަކު ނުހިމެނޭ ގޮތަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން އެ މަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.