ކަނޑުގެ މައްސަލައިގެ ހޯދުންތައް މި މަހު ކެބިނެޓަށް ހުށަހެޅޭނެ: ބަންޑާރަނައިބު
ސަން
15 އޮކްޓޯބަރު 2025 | ބުދަ | 11:42
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ބުނާ މައްސަލައިގެ ހޯދުންތައް މި މަހު ވަޒީރުންގެ މަޖިލީސް (ކެބިނެޓަށް) ހުށަހެޅޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި ކަމަށް ދިވެހީން ގަބޫލުކުރާ ކަމަށާއި އެކަން ގޮސްފައި އޮތީ ކިހާ ހިސާބަކަށްތޯ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން އުޝާމް މިއަދު ވިދާޅުވީ، މިދިޔަ އެމްޑީޕީ ސަރުކާރުން ނިންމި ބައެއް ނިންމުންތަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.