މާލީ ބަޔާން ހާމަކުރަން ލާޒިމުވާ ވަކި ގާނޫނެއް ހެދުމުގެ ވިސްނުން އެބަހުރި: ބަންޑާރަނައިބު

ސަން

15 އޮކްޓޯބަރު 2025 | ބުދަ | 11:54

އެސެޓް ޑިކްލަރޭޝަން ނުވަތަ މާލީ ބަޔާންތައް ހާމަކުރުމާ ބެހޭ ގާނޫނެއް ހުށަހެޅުމުގެ ވިސްނުން ބަންޑާރަނައިބުގެ އޮފީހުން ގެންގުޅޭ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް ވަނީ، ބަންޑާރަނައިބުގެ އޮފީހުން އެސެޓް ޑިކްލަރޭޝަންއާ ބެހޭ ގާނޫނެއް އެކުލަލާމުގެ މަސައްކަތް ކުރޭތޯ ސުވާލުކުރައްވާފައެވެ.

ޖަވާބުގައި އުޝާމް ވިދާޅުވީ، މިހާރު އެކުލަވާލާފައި އޮތް ލެޖިސްލޭޓިވް އެޖެންޑާގައި އެސެޓް ޑިކްލަރޭޝަންއާ ބެހޭ ގާނޫނެއް ހިމެނިފައިނުވާ ކަމަށެވެ. އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އެސެޓް ޑިކްލަރޭޝަންއާ ގުޅޭ ގޮތުން ވަކި ގާނޫނުތަކަށް އިސްލާހުތައް ހުށަހަޅާތީ އެފަދަ ގާނޫނެއްގެ މުހިންމުކަން ވަރަށް ބޮޑަށް އެބަވިސްނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް