ވެރިންނަށް ތާއީދުކޮށްގެން ނޫނީ ދިރިނޫޅެވޭ ވަރުވެއްޖެ، ބާރުތައް ކޮންޓްރޯލްކުރަންޖެހޭ: ވައްޑޭ
ސަން
15 އޮކްޓޯބަރު 2025 | ބުދަ | 1:06
ވެރިންނަށް ގާނޫނުއަސާސީގެ ތެރެއިން ލިބިދޭ ބާރުތަކުގެ ސަބަބުން އެ ބޭފުޅުންނަށް ތާއީދުކޮށްގެން ނޫނީ ދިރިއުޅެވެން ނެތް ހިސާބަށް ގޮސްފައިވާ ކަމަށާއި ވެރިންގެ ބާރުތައް ކޮންޓްރޯލްކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑޭ) ރޭ ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވައްޑޭ ވަނީ ގާނޫނުން ވެރިއަކަށް ލިއްބައިދޭ ބާރުތަކުގެ ސަބަބުން ވެރިންނަށް ތާއީދުކޮށްގެން ނޫނީ ދިރިއުޅުމަށް ތިޔާގިކަމެއް ނާންނާނެ ކަމަށް ގަބޫލުކުރެވޭ ހިސާބަށް ގޮސްފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އޭނާ ވިދާޅުވީ، އެ ބާރުތައް ކޮންމެ ވެސް ގޮތަކުން ކޮންޓްރޯލްކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.