މަޖިލީހުގެ މި ދައުރުގައި އަބުރުގެ ގާނޫނެއް ހަދަން މަސައްކަތްކުރަނީ
ސަން
15 އޮކްޓޯބަރު 2025 | ބުދަ | 1:22
މި ދައުރުގައި އަބުރުގެ ގާނޫނު ހަދަން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މަސައްކަތްކުރަމުން އަންނަ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީއަށް 2008 ވަނަ އަހަރު އަމަލުކުރަން ފެށިއިރު، އޭރު އަމަލުކުރި ބައެއް ގަވާއިދުތަކަށް ބާރުދޭން ގާނޫނެއް ނެތުމުން އެ ގަވާއިދުތަކަށް ބާރުދޭން އާންމު ގަވާއިދުތަކުގެ ގާނޫނެއް ވަނީ ހަދާފައެވެ. އޭރު އެ ގާނޫނު ފާސްކުރީ ވަކި މުއްދަތެއްގެ ތެރޭގައި އުވޭ ގޮތަށެވެ.
އެކަމަކު، ބައެއް ގަވާއިދުތަކަށް ބާރު ދޭނެ ގާނޫނުތައް ނެތުމުގެ ސަބަބުން މަޖިލީހުން އައީ އެ ގާނޫނުގެ މުއްދަތު އިތުރުކުރަމުންނެވެ.