ކަށީގެ ބަލިތަކަށް އައިޖީއެމްއެޗުގައި އެންމެ ޒަމާނީ ޓެކްނޮލޮޖީ
ސަން
15 އޮކްޓޯބަރު 2025 | ބުދަ | 3:00
ކަށީގެ ބަލިތަކަށް ފަރުވާކުރުމުގައި އައިޖީއެމްއެޗުން އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރަން ފަށާފައިވާ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުލްރައްޒާގު ހަލީމް މިއަދު ވިދާޅުވެއްޖެއެވެ.
އޭނާ އިއުލާންކުރެއްވި ގޮތުގައި މިހާރު އެ ހޮސްޕިޓަލުން ވަނީ އެންމެ ފަހުގެ އެޑްވާންސްޑް ޓެކޮނޮލޮޖީ، އާތުރޮސްކޮޕީ ޓަވަރު އައިޖީއެމްއެޗްގައި ބެނުންކުރަން ފަށާފައެވެ.
ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އައިޖީއެމްއެޗްގެ ކަށި އަދި ޓްރޯމާ ސާޖަރީ ޑިޕާޓްމަންޓްގެ ޚިދުމަތްތައް ފުޅާކުރުމާއި، އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ތައާރަފުކުރި ޓެކްނޮލޮޖީއެއް ކަމަށެވެ.