އަސާސީ ކާބޯތަކެތީގެ 23 ބާވަތް އެސްޓީއޯއިން ވިއްކަން ފަށައިފި
ސަން
15 އޮކްޓޯބަރު 2025 | ބުދަ | 3:07
މޭވާއާއި ތަރުކާރީ ހިމެނޭ އަސާސީ ކާބޯތަކެތީގެ 23 ބާވަތެއް ރާއްޖެ އެތެރެކޮށް، އެސްޓީއޯއިން މިއަދު ވިއްކަން ފަށައިފިއެވެ.
ރާއްޖޭގެ ބާޒަރުގައި މޭވާއާއި ތަރުކާރީގެ އަގު އުފުލެމުން އަންނަނިކޮށް، ޖުމުލަ 23 ބާވަތެއް އެތެރެކުރަން ނިންމައި، އެ މަސައްކަތް އެސްޓީއޯއާ ހަވާލުކުރީ މިދިޔަ ސެޕްޓެންބަރު 10 ގައެވެ. އޭގެ ފަހުން، މިއަދު އެސްޓީއޯއިން ވަނީ އެ ތަކެތި ބާޒާރަށް ނެރެ، ވިއްކަން ފަށާފައެވެ.
އެ ކުންފުނިން ވިއްކާ ތަރުކާރީގެ ތެރޭގައި، ފިޔާ، އިނގުރު، ކެރެޓު، ބަށި، ކައްޓަލަ، އަލުވި، ކެބެޖު، ބަރަބޯ، ބޯވެލި އަދި ލޮނުމެދު ހިމެނެއެވެ. އަދި، އެސްޓީއޯއިން އެތެރެކޮށް ވިއްކާ މޭވާގެ ތެރޭގައި ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީ މޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރު ހިމެނެއެވެ.