މޭވާއާއި ތަރުކާރީ އެތެރެކުރާނީ، ކުދި ވިޔަފާރިތަކަށް ގެއްލުން ނުވާނެހެން: އެސްޓީއޯ
ސަން
15 އޮކްޓޯބަރު 2025 | ބުދަ | 3:46
އެސްޓީއޯއިން މޭވާއާއި ތަރުކާރީ ހިމެނޭހެން 23 ބާވަތެއް އެތެރެކުރާނީ ކުދި ވިޔަފާރިތަކަށް ނޭދެވޭ އަސަރު ނުކުރާނެހެން ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
އެސްޓީއޯއިން އަސާސީ ކާބޯތަކެތި ބާޒާރަށް ނެރުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން މިއަދު އެ ކުންފުނިން ބުނީ ކުދި ވިޔަފާރިތަކުން ގިނަފަހަރަށް ތަކެތި ގަންނަނީ ހޯލްސޭލުކޮށް ކަމަށެވެ.
އެސްޓީއޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ސައީދާއި އެސްޓީއޯ އެމްޑީ ޝިމާދު: ސައީދު ވިދާޅުވީ، އެސްޓީއޯއިން މޭވާއާއި ތަރުކާރީ ބާޒާރަށް ނެރުނަސް ކުދި ވިޔަފާރިތަކަށް އަސަރެއް ނުކުރާނެ ކަމަށް --- ސަން ފޮޓޯ/ މާނިއު މުހައްމަދު