އެސްޓީއޯއިން އެޗްޑީސީއާ ގުޅިގެން، އަންނަ ރޯދަ މަހުގެ ކުރިން ހުޅުމާލޭގައި ފިހާރައެއް ހުޅުވަނީ
ސަން
15 އޮކްޓޯބަރު 2025 | ބުދަ | 4:38
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން އަންނަ ރޯދަ މަހުގެ ކުރިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯގެ ފިހާރައެއް ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިމާދު ވިދާޅުވީ، ހުޅުމާލޭގައި އެސްޓީއޯއިން ހަރަކާތްތެރިވާވަރު މަދު ކަމުގެ ޝަކުވާ އަބަދު ވެސް ލިބޭ ކަމަށެވެ.
އެގޮތުން، ހުޅުމާލޭގައި ވަކި ވިޔަފާރިއެއް ނުހިންގަނީ ރީޓެއިލް ވިޔަފާރީގައި ނޫޅޭތީ ކަމަށާއި ރޯދަ މަހަށް އިންތިޒާމުތައް ހަމަޖައްސަނީ ވަގުތީ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.