އަށް މަހުން ބިން ހިއްކައި 30 މަހުން މިލަންދޫގައި އެއާޕޯޓު ހުޅުވާނަން: ރައީސް

ސަން

15 އޮކްޓޯބަރު 2025 | ބުދަ | 6:37

މިއަދުން ފެށިގެން އަށް މަސްދުވަހުގެ ތެރޭ ށ. މިލަންދޫގެ ބިން ހިއްކައި، ދެ އަހަރާއި ބައިގެ ތެރޭގައި އެ ރަށުގައި އެއާޕޯޓު އަޅައި ހުޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިލަންދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މިލަދުންމަޑުލުގެ ދަތުރުފަތުރުގެ ކަންކަން އޮތް ގޮތަށް ބަލާއިރު، އެ ސަރަހައްދަށް، އަދި އެ ރަށަށް އެއާޕޯޓެއް ކޮންމެހެން މުހިންމު ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ގިނަ ގޮތްގޮތުން ބަލާފަ، ރަށުގައި އެއާޕޯޓު އަޅާނެ ގޮތާއި އެޅެން އޮތް ގޮތާއި ރަށުގެ ބިން އެންމެ ހެޔޮ ގޮތުގައި ބޭނުން ހިފޭނެ ގޮތާއި، މި ހުރިހާ ގޮތަކަށް ބަލާފައި ސަރުކާރުން ކަމާބެހޭ ފަރާތްތަކުން ބައްލަވާ ހައްދަވާފައި މިގޮތަށް މި ނިންމީ، އެއާޕޯޓު އަޅާނެ ތަނާއި އެ އޮރިއެންޓޭޝަނާއި މި ހުރިހާ ތަފުސީލެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

މައުޟޫޢުތަށް