ޕޭޕެލުން ފައިސާ ލިބުމުގެ ހުއްދަ އުރީދުއަށް ދީފި

ސަން

15 އޮކްޓޯބަރު 2025 | ބުދަ | 9:15

ޕޭޕެލް މެދުވެރިކޮށް އިންވާޑް ރެމިޓަންސް، ނުވަތަ ފައިސާ ލިބުމުގެ ހުއްދަ މަރުކަޒީ ބޭންކު އެމްއެމްއޭން އުރީދޫ ފިންޓެކަށް މިއަދު ދީފިއެވެ.

އެމްއެމްއޭގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ ފިންޓެކް މޯލްޑިވްސްއާ ފައިސާ ލިބުމުގެ ލައިސަންސް ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ. އެ ލައިސަންސާ ހަވާލުވެވަޑައިގަތީ އުރީދޫ މޯލްޑިވްސްގެ ޗެއާވޮމަން އަދި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ބޯޑު މެންބަރު ފާތިމާ އަލް ކުވާރީއާއި އުރީދޫ މޯލްޑިވްސް އަދި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީއެވެ.

އުރީދޫން ބުނީ، ޕޭޕެލް މެދުވެރިކޮށް ފައިސާ ލިބުމުގެ ހުއްދަ ލިބުމުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ފައިނޭންޝަލް ސިސްޓަމް ހަރުދަނާކުރުމަށް އުރީދޫގެ އެމް-ފައިސާއިން ކުރަމުންދާ މަސައްކަތް އިތުރަށް ފުރިހަމަވެގެން ދާނެ ކަމަށެވެ.

މައުޟޫޢުތަށް