13 މިލިއަން ސިނގިރޭޓު ވަގަށް ނެގުން: ޒިވާރު ސަސްޕެންޑުކޮށް ކަސްޓަމުން މައްސަލަ ބަލަނީ

ސަން

15 އޮކްޓޯބަރު 2025 | ބުދަ | 8:07

ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއީލް މިއަދު ސަސްޕެންޑުކޮށްފިއެވެ.

'އެކްސް'ގައި ކަސްޓަމްސްގެ ރަސްމީ އެކައުންޓުން ކުރި ޕޯސްޓުގައިވާ ގޮތުން ޒިވާރު ސަސްޕެންޑުކުރީ މިއަދުން ފެށިގެންނެވެ. އެ މައްސަލަ ބަލައި އޭނާ އާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް ކަސްޓަމްސްގެ ޕޯސްޓުގައިވެއެވެ.

މިކަމާ ގުޅިގެން ކަސްޓަމްސްގެ އިންފޮމޭޝަން އޮފިސަރާ 'ސަން'އިން ސުވާލުކުރުމުން މިރޭ ފަހުން ބުނީ އޭނާ ސަސްޕެންޑުކުރީ 30 ދުވަހަށް، މުސާރަ ނުހިނގާ ގޮތަށް ކަމަށެވެ.

މައުޟޫޢުތަށް