ދަނޑުވެރިންނާއި މަސްވެރިންނަށް އެކަށީގެންވާ އާމްދަނީއެއް ލިބޭނެ މަގުފަހިކުރަންޖެހޭ: ސިޔާމް
ސަން
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 9:21
ކާބޯތަކެތި އުފައްދާ މީހުންނަށް ހިތްވަރުދީ، އެ މީހުންގެ މަސައްކަތަށް އެކަށީގެންވާ ރަނގަޅު އުޖޫރައެއް ލިބޭނެ މަގުފަހިކޮށްދިނުމަކީ ޒިންމާއެއް ކަމުގައި ދެކުން މުހިންމު ކަމަށް އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ސިޔާމް ދެއްވި ޚިތާބުގައި ވަނީ، ދުވަހުގެ ތަހުނިޔާ ރައްޔިތުންނާއި އެމްޑީއޭގެ މެންބަރުންނަށް ފޮނުއްވާފައެވެ.
އެ ދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ، ދުނިޔޭގެ ބަނޑޫހައިހޫނުކަމާއި ކާނާ ލިބުމުގެ ދަތިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން ނެތުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށާއި ކާބޯތަކެތީގެ ނިޒާމުތަކާއި އެންމެންނަށް ކާބޯތަކެތީގެ ރައްކާތެރި މުސްތަގުބަލެއް ގާއިމުކުރުމަށް ބާރު އެޅުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.