13 މިލިއަން ސިނގިރޭޓު ވަގަށް ނެގުން: "ބޮޑު ވައްކަމަށް އާއްޓޭއާއި ދިގަލި ފަންޑުކުރި"

ސަން

15 އޮކްޓޯބަރު 2025 | ބުދަ | 11:20

ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގުމަށް ހިންގި ބޮޑު އޮޕަރޭޝަނަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުޙައްމަދު ވަހީދު (ދިގަލި) ފަންޑުކުރި ކަމަށް ފުލުހުން ތުހުމަތުކޮށްފިއެވެ.

މިދިޔަ އޭޕްރިލް 26 ގައި ކަސްޓަމްސްއިން ހިފަހައްޓައި ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލަ ފުލުހުންނާ ހިސާބަށް ދިޔައީ މިދިޔަ ހަފުތާގައެވެ.

ފުލުހުންވަނީ އެކަން ރާވާ ހިންގުމުގައި އުޅުނު ކަމަށް ތުހުމަތުކޮށް، އާއްޓޭއާއި ދިގަލި ހިމެނޭހެން ހަތަރު މީހުން ހައްޔަރުކޮށްފައެވެ. ކޯޓު އަމުުރެއްގެ ދަށުން ރޭ މި ގްރޫޕު ހައްޔަރުކޮށް މިއަދު ވަނީ މުއްދަތު ޖަހާފައެވެ.

މައުޟޫޢުތަށް