ހުރިހާ ސްކޫލެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔެވޭނެ ގޮތް ހަދަން މަޝްރޫއެއް ހިންގަނީ

ސަން

16 އޮކްޓޯބަރު 2025 | ބުރާސްފަތި | 10:34

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ދިނުމަށް ރާއްޖޭގެ ހުރިހާ ސުކޫލުތަކެއްގައި އިންކްލޫސިވް ކުލާސްރޫމްތައް އެޅުމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ށ. ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ނުކުޅެދުންތެރިކަން ހުރި ކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ސަމާލުކަން ދެވޭ ފުރިހަމަ ތައުލީމީ ނިޒާމެއް ގާއިމުކުރެވިފައި ނެތް ކަމަށެވެ. އެގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެފަދަ ކުދިން ތިބި ކޮންމެ ރަށެއްގައި ތައުލީމު ހާސިލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރައްޔިތެއް ކިބައިގައި ހުންނަ އުނިކަމެއްގެ ސަބަބުން ޚިދުމަތް ދިނުމުގައި ތަފާތުވެގެން ނުވާނެ ކަމަށެވެ.

މައުޟޫޢުތަށް