މޫސުން ގޯސް ނަމަ، އިދާރާތަކުގެ އިލްތިމާސްތަކަށް އިޖާބަދޭން ރައީސް އެދިވަޑައިގެންފި
ސަން
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:10
މޫސުން ގޯސް ހާލަތްތަކުގައި ކަމާ ބެހޭ އިދާރާތަކުގެ އިލްތިމާސްތަކަށް އިޖާބަ ދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ.
ރޭ ދަންވަރު ވަނީ ކ. އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ "އަލްމާކް ފިޔަ" ކިޔާ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، އެކަކު މަރުވެފައެވެ. މި ހާދިސާގައި ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކު ކަމަށެވެ.