ފައިދާ ހުރި ކާނާ ހެޔޮ އަގުގައި ދާއިމީކޮށް ލިބޭ ގޮތް ހަދާނަން: ރައީސް

ސަން

16 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:21

ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާގެ ބާވަތްތައް އަބަދު ވެސް ހެޔޮ އަގުގައި ބާޒާރުން ލިބޭނެ މަގު ފަހިކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން އިއްޔެ ވަނީ އަސާސީ ކާނާގެ ގޮތުގައި ލިސްޓުކުރި 23 ބާވަތް ބާޒާރަށް ނެރެފައެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ޢާއްމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގުގައި އަބަދުމެ ބާޒާރުން ލިބޭނެ މަގު ފަހިކުރަން ވެސް ސަރުކާރުން އަމަލީ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.

މައުޟޫޢުތަށް