އައިޔޫއެމްއިން އަންނަ އަހަރަށް 68 ކޯހަކަށް ހުޅުވާލައިފި
ސަން
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 3:39
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)އިން އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓާއަށް ޖުމުލަ 68 ކޯހަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
އައިޔޫއެމްއިން ބުނީ، އެ ޔުނިވާސިޓީން އިޢުލާނުކޮށްފައިވާ ކޯސްތަކުގެ ތެރޭގައި ޕީއެޗްޑީ ލެވެލްގެ ތިން ކޯހަކާއި، މާސްޓާސް ލެވެލްގެ 17 ކޯހަކާއި, ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އެއް ކޯހާއި، ބެޗްލާސް ލެވެލްގެ 15 ކޯހަކާއި އެސޯސިއޭޓް ޑިގްރީ ކޯހެއްގެ އިތުރުން ޑިޕްލޮމާގެ 11 ކޯހަކާއި ސެޓްފިކެޓް ލެވެލްގެ ޖުމްލަ 20 ކޯހެއް ހިމެނެއެވެ.
ހުޅުވާލެވިފައިވާ ފުރުޞަތުތަކުގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ޤުރްއާނާއި ޙަދީޘް، ޝަރީޢާ އެންޑް ލޯ، ފިޤްހް, އިސްލާމިކް ސްޓަޑީޒް، އިމާމް ޝިފް، ލޭންގުއެޖް، އެޑިޔުކޭޝަން، ކައުންސެލިން, ފައިނޭންސް، އެކައުންޓިން, ލީޑާސިޕް އެންޑް އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް އަދި ޖާނަލިޒަމްގެ އެކި ކޯސްތައް ހިމެނޭ ކަމަށް އައިޔޫއެމްއިން ބުނެފައިވެއެވެ.